ރާއްޖެ ސްކްރިޕްޓް

ރާއްޖެ ސްކްރިޕްޓް unlocking
the prose code
#1 in maldives

☕ Short & Scroll-StoppingRun your café from your phone — simple, fast, smart. ☕📱Orders, bills & reports — all in one swi...
10/01/2026

☕ Short & Scroll-Stopping
Run your café from your phone — simple, fast, smart. ☕📱

Orders, bills & reports — all in one swipe. 🚀

Your café POS, right in your pocket.

Less paperwork. More coffee. ☕✨

unlocking the pros code #1 in maldivesExperience the future of business with intelligent, scalableautomation solutions t...
10/06/2025

unlocking the pros code
#1 in maldives
Experience the future of business with intelligent, scalable
automation solutions tailored to your needs.
Let's talk about your next big move
Hop on a call with us to see how our services can accelerate your growth.

10/06/2025

ތ. ދިޔަމިގިލީ ކައުންސިލްގެ ރަސްމީ ވެބްސައިޓް 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިފްތިތާޙު ކުރެވިފައެވެ.

މި އައު ވެބްސައިޓާއެކު، ފާއިތުވި އަހަރުތަކުގައި ކައުންސިލްގެ އެކި ދާއިރާތަކުން ކުރެވިފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު މުސްތަޤްބަލުގައި އަދާހަމަކުރެވެމުން ދާނެއެވެ. ޚާއްޞަ އިސްކަމެއް ދެވޭނީ ދިޔަމިގިލީގެ ތާރީޚާ ގުޅުންހުރި މަސައްކަތްތަކަށެވެ. މިގޮތުން، ދިޔަމިގިލީގެ ތާރީޚާބެހޭ މުހިންމު މަޢުލޫމާތުތައް ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.

މީގެއިތުރުން، ކައުންސިލް އިދާރާގެ އިދާރީ މުޢާމަލާތްތަކާ ގުޅޭ މަޢުލޫމާތު، އުސޫލުތައް އަދި ފޯމުތައްވެސް ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. މި ވެބްސައިޓްގެ ސަބަބުން ކައުންސިލްގެ ޚިދުމަތްތައް ހޯދާ ރައްޔިތުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ދިޔަމިގިލީ ކައުންސިލް އިދާރާގެ ވެބްސައިޓަށް ޒިޔާރަތްކޮށް، ޚިދުމަތްތަކަށް އެދުމާއި، ކައުންސިލްގެ މަސައްކަތްތަކާއި މަޢުލޫމާތުތައް ބެއްލެވުމަށް ހުރިހާ ރައްޔިތުންނަށްވެސް ދަޢުވަތު އަރުވަމެވެ.

www.dhiyamigili.gov.mv

10/06/2025

އިންސާނަކު މަރުވުމަށްފަހު ދުނިޔެމަތީގައި އެމީހެއްގެ ޒިކުރާ އާކުރުމަށް ދިރިތިބީންނަށް އެމީހަކަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އެމީހަކަށްޓަކައި ދެމިގެންދަނިވި ޞަދަޤާތެއް ކުރުމެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތުގައި އިސްދައުރެއް އަދާކުރެއްވި ޝައިޚް އިބްރާހިމް ފަރީދު އަޙްމަދު އަޅުގަނޑުމެންނާ އިއްޔެ ވަނީ ވަކިވެ ވަޑައިގެންފައެވެ.ޝޭޚް އިސްލާމް ދީނަށް ކޮށްދިން ޚިދުމަތަކީ އަޅުގަނޑުމެންގެ ދުލާއި ޤަލަމުން ކިޔާދެވޭނެ ވަރަށްވުރެ އަގުހުރި މަސައްކަތެކެވެ.

ޝޭޚް އަޅުގަނޑުމެންނަށް ދޫކުރެއްވި ހެޔޮ ނަޞޭހަތާއި ޢިލްމުން ﷲ ތަޢާލާގެ އިރާދަފުޅާއެކު، އަޅުގަނޑުމެން އަދިވެސް ފައިދާ އެބަ ލިބިގަންނަމުއެވެ.

ޝައިޚް ފަރީދުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށްފަހުވެސް އެބޭފުޅާއަށް މަންފާ ކުރާނޭ ދެމިގެންދާ ޞަދަޤާތެއް ކުރަން، އެބޭފުޅާގެ ޢިލްމުން ފައިދާކުރި ކޮންމެ ފަރުދަކު ބޭނުންވާނެއެވެ.

އެހެންކަމުން އެބޭފުޅާގެ ނަމުގައި ބަންގްލާދޭޝްގައި މިސްކިތެއް ބިނާކުރުމަށް ޚިދުމަތް ޖަމްޢިއްޔާގެ ފަރާތުން މިފެށުނު މަސައްކަތުގައި ބައިވެރި ވެލައްވަމާތޯއެވެ.

🕌 މި ފަންޑަށް އެހީތެރިވެދެއްވުމަށް
ޚިދުމަތް މިސްކިތު ފަންޑު - 7770000141496

Address

Male

Alerts

Be the first to know and let us send you an email when ރާއްޖެ ސްކްރިޕްޓް posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category