SEMI AIR & CO

SEMI AIR & CO Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SEMI AIR & CO, Electronics, Orchidmagu, Thinadhoo.

We @ SEMI AIR & CO , provide quality air conditioner repair services delivered quickly and promptly to address a wide variety of problems with almost every kind of air conditioner and home Appliances

“Perfect Vacuum. Professional Results.”VE115N Vacuum Pump ⚙️2CFM | R32 | R410ABuilt for real AC technicians ❄️🔥
26/12/2025

“Perfect Vacuum. Professional Results.”
VE115N Vacuum Pump ⚙️
2CFM | R32 | R410A
Built for real AC technicians ❄️🔥

🔥 POWER YOU CAN TRUST. PRECISION YOU CAN SEE. 🔥From island workshops to home repairs, this Propane / MAPP Gas Torch Kit ...
18/12/2025

🔥 POWER YOU CAN TRUST. PRECISION YOU CAN SEE. 🔥

From island workshops to home repairs, this Propane / MAPP Gas Torch Kit is built for real work in real Maldivian conditions.

⚙️ Strong Adjustable Flame – Control your heat, your way
🔩 Cylinder Clamp Design – Secure, stable, and safe
📏 12.7 cm Long Hose Torch – Reach tight spaces with ease
🔥 Perfect for Welding, Soldering & Repairs

⚡ Now Available‼️🔧 Multi-Functional Electric ScrewdriverPerfect for home, office & technicians🔥 Offer Price: MVR 320/-📦 ...
17/12/2025

⚡ Now Available‼️

🔧 Multi-Functional Electric Screwdriver
Perfect for home, office & technicians

🔥 Offer Price: MVR 320/-
📦 Limited pieces only

Refrigerant Gas ,R32 - 1KG , Available ‼️
16/12/2025

Refrigerant Gas ,R32 - 1KG , Available ‼️

MAPP GAS , Available ❗️
15/12/2025

MAPP GAS , Available ❗️

08/09/2021

ސާރިސްކުރުން

ސާރވިސް ކުރަން ޔުނިޓްތައް ނެގުމުގެ ކުރިން ޕަމްޕް ޑައުން ކުރަން ޖެހޭނެއެވެ.ޕަމްޕް ޑައުން ކުރާނީ ގޭސް ބަރާބަރަށް ހުންނަ ޔުނިޓް ތަކެވެ.ގޭސް ހުސްވެފައި ހުންނަ ޔުނިޓްތައް ޕަންޕު ޑައުން ކުރާކަށް ނުޖެހޭނެއެވެ.ސަބަބަކީ ގޭސް ލީކްވެފައި ހުރި ޔުނިޓް ތަކަށް ވާތީއެވެ.މިގޮތަށް ގޭސްހުސްވާ ޔުނިޓް ތަކުގައި ގޭސް ހުންނާނީ ޕީ.އެސް.އައި މިންގަޑުން ބަލާއިރު 60 އިން ދަށުގައެވެ.ޕަންޕް ޑައުންކުރުމަކީ ކޮމްޕްރޭޝަރުން ނިކުމެގެން ދެ ޔުނިޓް ތެރޭގައި ދައުރުވަމުންދާ ހުރިހާ ގޭހެއް އަންބުރާ ކޮމްޕްރޭޝަރަށް ގެނައުމެވެ.
ޕަމްޕް ޑައުން ކުރާއިރު ގޭޖް ގުޅައިލުމަކީ މުހިންމު ކަމެކެވެ.އެއީ ޔުނިޓުގައި ގޭސް ހުރިވަރު ޔަޤިންކޮށްލުމާއި ، ޕަންޕު ޑައުންވީކަން ޔަޤީން ކޮށްލުމަށެވެ.

ޕަމްޕް ޑައުންކުރުމަށް ގޭޖް ގުޅާނީ ، ހަމައެކަނި ގޭޖުގެ ޔުނިޓަށް ގުޅާ ކޮޅެވެ.މިކޮޅު ގުޅާލުމުން ޔުނިޓުގައި ގޭސް ހުރިވަރު އެގޭނެއެވެ.އަދި ޕަމްޕް ޑައުންވާ ކަންވެސް އެގޭނެއެވެ.ޔުނިޓް ހިންގާފަ ގޭޖް ގުޅަން ހަދާންކުރާށެވެ.

އެންމެފުރަތަމަ ހައިޕްރެޝަރުވޭލް ބަންދު ކުރާށެވެ.ގޭޖުގެ ކަށި ސުމަކަށް އައީމަ ލޯޕްރެޝަރ ވޭލް ބަންދުކުރުމަށް ފަހު ޔުނިޓް ނިއްވާލާށެވެ.

އައުޓްޑޯރ ޔުނިޓް ( ބޭރު ޔުނިޓް ) ނަގާނަމަ ހޮޅިތައްވެސް ނައްޓާލާށެވެ.ހޮޅިތައް ނައްޓާއިރުވެސް ދެ ޝިފްޓަރުން ހިފަން ހަދާންކުރާށެވެ.

އިންޑޯރ ޔުނިޓް (އެތެރޭ ޔުނިޓް ) އެކަނި ނަގާނަމަ ، ދެ ޔުނިޓް ގުޅުވަން އިންނަ ޖޮއިންޓުން ނައްޓާލާށެވެ.ބޭރު ޔުނިޓުގެ ކޭބަލްތައްވެސް ނައްޓާލާށެވެ.

ފިލްޓަރ ސާފުކުރުންއިންޑޯ ޔުނިޓުގެ ފިލްޓަރ ސާފުކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.މަދުވެގެން މަހަކު 2 ފަހަރު ފި...
27/08/2021

ފިލްޓަރ ސާފުކުރުން

އިންޑޯ ޔުނިޓުގެ ފިލްޓަރ ސާފުކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.މަދުވެގެން މަހަކު 2 ފަހަރު ފިލްޓަރ ޗެކްކޮށްލަން ޖެހޭނެއެވެ.ހިރަފުސް ވަދެ ހަޑިވެފައިވާނަމަ ، ނަގައިގެން ފެންޖަހާ ސާފުކޮށްލަން ޖެހޭނެއެވެ.ކޮޓަރި ކުނިކަހާ ސާފުކުރާއިރު ، އޭސީ ހިންގާފަ ބެހެއްޓުމަކީ އެހާ ރަގަޅު ކަމެއް ނޫނެވެ.މިއިން ކޮންމެ ކަމަކުންވެސް އޭސީގެ އުމުރު ކުރުވާގޮތް މެދުވެރިވެއެވެ.

ފިލްޓަރ ނެގުމަށް އިންޑޯ ޔުނިޓުގެ މަތިގަޑުގެ ދެކޮޅުގައި ހިފާ މައްޗަށް ހިއްލާލާށެވެ.
ފިލްޓަރުގެ މެދުގައި ނުވަތަ ދެ ކޮޅުގައި ހިފާ މައްޗަށް ކޮށްޕާލުމަށްފަހު މަޑުމަޑުން ތިރިއަށް ދަމާ ނައްޓާލާށެވެ.މިގޮތަށް ދެފިލްޓަރުވެސް ނަގާށެވެ.

ފެންޖަހާ ރީތިކޮށް ދެ ފިލްޓަރުވެސް ދޮވެލުމަށްފަހު ފެ ހިއްކާލާށެވެ.

ދެންފިލްޓަރު ލައްވާފަ ޔުނިޓުގެ މަތިގަނޑު ލައްޕާލާށެވެ.

25/08/2021

އިންޑޯރ ޔުނިޓާއި އައުޓްޑޯރ ޔުނިޓް ބަހައްޓާއިރު (އިންސްޓޯލް) ކުރާއިރު މިންތައް ބަލާނެ ގޮތް
ފާރުން ބައުގަނޑު (ލޯވަޅު)ތޮރުފުމަށް މިން ނެގުން
ފުރަތަމަ ބަލާނީ ހޮޅިބައިގެ އަރިމަތީ މެދުން ފެށިގެން ޔުނިޓުގެ މަތީކައިރިއަށް ހުރި މިނެވެ.ދެން އެމިނަށް 6 އިންޗި ނުވަތަ 15 ސމ އިތުރުކޮށްލާށެވެ.
ބޭސްޕްލެޓާއި ހޮޅިބަޔާއި ދެމެދު މިން ނަގާނީ ބޭސްޕްލެޓުގެ އަރިމަތީ ކައިރިން ހޮޅިބައިގެ މެދަށެވެ.
ހޮޅިބަޔާ ދިމާއިން ޔުނިޓުގެ ތިރީ ކައިރިން ހޮޅިބައި ބަޅުކޮށްލި ހިސާބުން މެދަށް މިންނަގާށެވެ.
ބައުގަނޑު ތޮރުފާއިރު ބުރުމާ 20 ޑިގްރީ ނުވަތަ 30 ޑިގްރީ އެންގަލްވާ ގޮތަށް ބަހައްޓައިގެން ތޮރުފާށެވެ.
އިންޑޯރ ޔުނިޓް ބްރެކެޓުގައި އަޅުވާއިރު ފުރަތަމަ އަޅުވާނީ މަތީ ކޮޅެވެ.ދެން ޔުނިޓް އެތެރެއަށް ކޮށްޕާލުމަށްފަހު ތިރީ ލޮކް އަޅުވާލާށެވެ.އަދި ރަހަފަތި ބަހައްޓައިގެން ޔުނިޓް ބެހެއްޓިފައި ހުރީ ރަގަޅަށްތޯ ޔަޤީންކޮށްލާށެވެ.
އިންޑޯރ ޔުނިޓް ހަރުކުރުމުގެ ކުރިން ސިގްނަލް ކޭބަލް ގުޅައިލުމަކީ މަސައްކަތް އަވަސްވާނެ ކަމެކެވެ.ސިގްނަލް ކޭބަލް ގުޅާއިރު ނަރުތަކުގައި ހުންނަ ކުލަޔަށް ބަލައިގެން ގުޅަން ހަދާންކުރާށެވެ.
މިސާލު :ބްރައުން(ޗޮކްލޭޓް)ރަތް ކުލަ ލައިވްގެ ގޮތުގައި ބަލާށެވެ.ނޫކުލަ،ކަޅު ކުލަ، ނިއުޓްރަލްގެ ގޮތުގައި ބަލާށެވެ.އަދި ފެހިކުލަ،ފެހިރީދޫ އާރތުގެ ގޮތުގައި ބަލާށެވެ.
އިންޑޯރ ޔުނިޓް ބަހައްޓާ އިރު ރަހަ (ލެވެލް)ކުރުމަށް، ޔުނިޓުގެ މަތީގައި އަދި ތިރީގައިވެސް ރަހަފަތި ބަހައްޓައިގެން ކުރެވިދާނެއެވެ.ރަހަ ކުރާއިރު ރަހަ ފެންތިކި މެދަށްވުރެން ކުޑަކޮށް ވައަތްފަރާތަށް ޖެހޭވަރަށް ބައިންދާށެވެ.އެއިރުން ޔުނިޓް އިންނާނީ ކުޑަކޮށް ކަނާއަތް ފަރާތަށް ތިރިކޮށެވެ.މިގޮތަށް މިކަން ކުރުމުން ޔުނިޓް ތެރޭގައި އުފެދޭ ފެން ފަސޭހައިން ބޭރުވަމުން ދާނެއެވެ.
މުޅިން އައުއޭސީއެއް ބަހައްޓާނަމަ، އިންޑޯޔުނިޓުގެ ކަނެކްޝަން ހޮޅިތައް ލަންބަންޖެހޭ ގޮތަކަށް ލެނބުމަށްފަހު ނޫނީ ހޮޅީގެ ކޮޅުގައި ޖަހާފައި އިންނަ ކެޕް ނައްޓާނުލާށެވެ.ސަބަބަކީ ޔުނިޓް ތެރެގައި ހުންނަ ވައިގެ ޕްރެޝަރ ހުންނައިރު ހޮޅި ފިތުން ކުޑަވާނެތީއެވެ.
ހޮޅި ލަނބާއިރު ހޮޅީގެ މަތީގައި ދެއަތުންހިފާ ލަނބަން އުޅެފިނަމަ ހޮޅި ފިތި ބިނދޭގޮތް ވެދާނެއެވެ.ރަގަޅު ގޮތަކީ ހޮޅިގެ ދަށަށް އަތްތިލަ ލައްވާފަ ، އަތްތިލަ މައްޗަށް ހޮޅި މަޑުމަޑުން ލަންބާ ލުމެވެ.
އިންޑޯރ ޔުނިޓް ހޮޅިލައިނު ގުޅުން
އޭސީއެއް ގަނެގެން ގެންނައިރު އޭގައި 10 ފޫޓުގެ ހޮޅި ސެޓެއް އޮންނާނެއެވެ.
އެހޮޅިސެޓްގެ ކޮޅުތައް ހުންނާނީ ފްލެއަރ ކޮށްފައެވެ.ވީމާ ، އިންޑޯ ޔުނިޓުގެ ކޮޅުތައް ގުޅާލެވޭނެއެވެ.ކޮޅުތައް ގުޅުވާއިރު ފުރަތަމަ ފްލެއަރކޮޅު ތެދުކަށް ސީދަލަށް ޖައްސާފަ ދެން ނަޓް ބާރުކުރާށެވެ.
ފްލެއަރކޮޅު ސީދަލަށް ޖެއްސިފައި ހުރިނަމަ އެއްވެސް ތާށިކަމެއް ނެތި ނަޓް އަތުން ބާރުކޮށްލެވޭނެއެވެ.ދެން ދެޝިފްޓަރުން ހިފާ ރަގަޅަށް ބާރުކޮށްލާށެވެ.މާބޮޑަށް ބާރުކޮށްލެވިއްޖެނަމަ، ފްލެއަރ ކަޑައިގެން ގޮސްފާނެއެވެ.ވީމާ އެވަރު ބަލައިގެން ބާރުކުރާށެވެ.

އައުޓްޑޯރ ޔުނިޓް ބެހެއްޓުން (އިންސްޓޯލް ކުރުން)
ބޭރު ޔުނިޓް ބެހެއްޓުމަށް ފުރަތަމަ ހަރުކުރާނީ ، ކަނާތްފަރާތަށްވާ ބްރެކެޓެވެ.ކަނާއަތް ފަރާތު ބްރެކެޓް ހަރުކުރުމަށް ރަހަފަތި ލެވެލްކޮށް ބެހެއްޓުމަށްފަހު ތިރިއަށް ވާގޮތަށް ރޮގެއްދަމާށެވެ.ބްރެކެޓް ރޮގަށް ދެތުކޮށް ބްރެކެޓުގެ ހުރި ލޯވަޅުތަކުގައި ފާހަނގަ ޖަހާށެވެ.އެއށްފަހު ލޯވަޅުތައް ތޮރުފާ މޮކަޅުޖަހައި އަދި ބޯލްޓްޖަހާ ހަރުކުރާށެވެ.ބްރެކެޓްހަރުކުރުމަށް ތިރީގައިވާ ތަކެތި ބޭނުން ކުރެވިދާނެއެވެ.
• ބުރުމާ ކަށި 12 އެމްއެމް(ކޮންކްރީޓް ތޮރުފާ)
• ކޮއްޗޭ ބޯލްޓް 3 އިންޗި
• އެންކަރ ބޯލްޓް 3 އިންޗި
ދެބްރެކެޓް ހަރުކޮށް ނިންމުމަށްފަހު ޔުނިޓް ބްރެކެޓް މަތީގައި ބެހެއްޓުމަށްފަހު ފައިތަކަށް ޖަހާ ބޯލްޓް ( ލެގް ބޯލްޓް ) ޖަހާ ޔުނިޓް ހަރުކޮށްލާށެވެ.
ބޭރު ޔުނިޓް (އައުޓް ޑޯރ ޔުނިޓް )ކަނެކްޝަން (ގުޅުން)ތައް
ބޭރު ޔުނިޓް ބަހައްޓާއިރު ހޮޅި ލައިން އޮޅާލާފައި ބާއްވާފަ ހޮޅީގެ ދެކޮޅު ދެ ޔުނިޓަށް ގުޅާފައި ހުންނަތަން ފެނެއެވެ.މިއީ އެއްގޮތަކަށްވެސް ރަގަޅުކަމެއް ނޫނެވެ.މިގޮތަށް މިކަން ކުރުމުން ކޮމްޕްރޭޝަރ މައްސަލަ ޖެހޭލެއް އަވަސްވާނެއެވެ.ހޮޅިބައި އޮތްގޮތަށް ގުޅާނަމަ ، ހޮޅިއެއްކޮށް ނިއުޅާލާ ރީތިކޮށް ތެދަށް ދަމާލާފައި ބެހެއްޓުމުން ،ކުރިން ބުނި ކޮމްޕްރެޝަރ ގެ މައްސަލަ ޖެހުން ކުޑަވާނެއެވެ.އެންމެ ރަގަޅު ގޮތަކީ ހޮޅިބައި އެއްކޮށް ބޭއްވުމަށް ވުރެން ، ބޭރު ޔުނިޓަށް ގުޅާލެވޭ ވަރަށް ހޮޅިބައި ބުރިކޮށްފަ ގުޅާލުމެވެ.
ހޮޅި ބުރިކުރާއިރު ކަޓަރުގެ ރޯލް ތިލައިން ހޮޅި މާބޮޑަށް ފިއްތާނުލާ މަޑުމަޑުން ފިއްތަމުން ، ދެކޮޅަށް އަބުރަމުންގޮސް ބުރިކޮށްލާށެވެ.ދެން ކަޓަރުތިލައަކުން ހޮޅީގެ އެތެރޭ ދާރަ މަޑުމަޑުން ރީތިކޮށް ކަހާލާށެވެ.ކަހާއިރު ފައިބާ ކުނޑި ހޮޅީގެ އެތެރެއަށް ނުދާނޭހެން ހޮޅީގެ ކޮޅު ތިރިއަށް ބަހައްޓައިގެން މިކަން ކުރާށެވެ.
ހޮޅީގެ ކޮޅު ހެދުމަށް ( ފްލެއަރ ކުރުމަށް ) ޓަކައި ، އެންމެ ފުރަތަމަ ހޮޅިއަށް ނަޓް ލައްވާށެވެ.
ހޮޅި ފިއްތާ ދަތިން ހޮޅީގެ ސައިޒަށްވާ ތަނަށް ހޮޅި ލެއްވުމަށްފަހު ދަތި ފިއްތާ ބާރުކޮށްލާށެވެ.ދަތީގެ މަތީކައިރިން 3 ނުވަތަ 4 މިލިމީޓަރަށް ހޮޅީގެ ކޮޅު ނެރެލަންވާނެއެވެ.ދެން ފްލެއަރ ކުރާ ދަތި އަޅުވާ ރަގަޅަށް ފްލެއަރ ކޮށްލާށެވެ.
ބޭރު ޔުނިޓަށް ހޮޅިތައް ގުޅާއިރުވެސް ފުރަތަމަ ފްލެއަރ ކޮޅު ވޭލުގެ ކޮޅުގައި ހަމަޔަށް ޖައްސާށެވެ.ދެން ނަޓު އަޅުވާ ރަގަޅަށް އަތުން ބާރުކޮށްލުމަށްފަހު ދެޝިފްޓަރުން ހިފާ ރަގަޅަށް ބާރުކޮށްލާށެވެ.
ސިގްނަލް ކޭބަލް އިންޑޯ ޔުނިޓުގައި ގުޅި ތަރުތީބުން ބޭރު ޔުނިޓުގައިވެސް ގުޅާށެވެ.
ހުރިހާ ކަނެކްޝަން ތަކެއް ގުޅާ ނިމުމަށްފަހު ގޭސް ލީކްވޭތޯ ބަލަންވާނެއެވެ.ގޭސް ލީކްވޭތޯ ބެލުމަށް ވެކިއުމްވެސް ކުރެވިދާނެއެވެ.ނުވަތަ މާމަލެމަން ކަހަލަ ، އެއްޗަކުން ފޮނުއަރާ ގޮތަށް ސްޕަންޖުގަޑެއް ތެންމާލައިގެންވެސް ބެލިދާނެއެވެ.ލީކް ވޭތޯ ބެލުމަށް ވެކިއުމް ކުރާނަމަ ހަމައެކަނި ޗާރޖިންގ ވޭލުގެ ކެޕް ނެގުމަށްފަހު ގޭޖާއި ، ޔުނިޓާއި ޕަމްޕު ގުޅާށެވެ.އިތުރު ވޭލަކާ ނުކުޅެ ގޭޖުގެ ވޭލު ހުޅުވާފައި ވެކިއުމް ޕަމްޕު ހިނަގާ ، ގޭޖުގެ ކަށި ސުމަކަށް ތިރިވަންދެން ވެކިއުމްކޮށްފަ، ދެން ގޭޖް ވޭލް ބަންދުކުރާށެވެ.އަދި ޕަމްޕުވެސް ނިވާލާށެވެ.5 ވަރަކަށް މިނިޓް ވަންދެން ބެހެއްޓުމަށްފަހު ގޭޖުގެ ކަށި މައްޗަށް އަރާފަ ހުރިތޯ ބަލާށެވެ.ކަށި މައްޗަށް އަރައިފިނަމަ ، ކަނެކްޝަންތަކުގައި ލީކް އުޅެނީއެވެ.ދެން ކަނެކްޝަންތައް ޗެކްކުރުމަށްފަހު މައްސަލަ ހައްލުކުރާށެވެ.ލީކް ވާ ކަމަށް ގޭޖުން ނުދައްކާނަމަ ގޭޖު ނައްޓާލާށެވެ.ދެން ސާރވިސްވޭލު ދެވޭލުގެ ކޮޅުގައިވާ ކެޕް ނަގާށެވެ.އެލެންކީ އަކުން ހައިޕްރެޝަރ ވޭލު ކުޑަކޮށް ދޫކޮށްލުމަށްފަހު ، ޗާރޖިންގ ވޭލުގެ ތުނބުން ކުޑަ ގޭސްކޮޅެއް ދޫކޮށްލާށެވެ. ދެން ހައިޕްރެޝަރ ވޭލު އެއްކޮށް ހުޅުވާ ބާރުކޮށްލާށެވެ. ދެން ލޯޕްރެޝަރ ވޭލުވެސް ހުޅުވާ ބާރުކޮށްލުމަށްފަހު ، ހުރިހާ ކެޕްތައްވެސް ޖަހާ ބާރުކުރާށެވެ.އެއަށްފަހު ޔުނިޓަށް ކަރަންޓްދީ ހިންގާށެވެ.
ވެކިއުމްނުކޮށް ލީކް ބެލުމަށް ހުރިހާ ވޭލް ތަކެއްގެ ކޮޅުގައިވާ ކެޕްތައް ނަގާށެވެ.ދެން އެލެންކީއިން ހައި ޕްރެޝަރ ވޭލް ދޫކޮށްލުމަށްފަހު 3 ސިކުންތް ވަންދެން މަޑުކޮށްލުމަށް ފަހު ވޭލް ބަންދު ކުރާށެވެ.ދެން ސްޕަންޖުގަޑުން ހުރިހާ ކަނެކްޝަންތަކެއްގައި ފޮނު ހާކައިގެން އެއްވެސް ނަޓެއްގެ ކައިރިން ބޮތްކެއް ޖަހާތޯ ބަލާ ޗެކްކުރާށެވެ.ރަގަޅުނަމަ ، ޗާރޖިންގ ވޭލުގެ ތުނބުން ގޭސްކޮޅެއް ދޫކޮށްލުމަށްފަހު ހައިޕްރެޝަރ ވޭލު އެއްކޮށްހުޅުވާ ބާރުކޮށްލާށެވެ.ދެން ލޯޕްރެޝަރ ވޭލުވެސް ހުޅުވާ ބާރުކޮށްލުމަށްފަހު ، ހުރިހާ ކެޕްތައްވެސް ޖަހާ ބާރުކުރާށެވެ.އެއަށްފަހު ޔުނިޓަށް ކަރަންޓުދީ ހިންގާށެވެ.

24/08/2021

⭕️⭕️ އޭސީ އިންސްޓޯލްކުރުމާއި ސާރވިސް ކުރުމަށް ބޭނުންވާ ތަކެތި (ޓޫލްސް)⭕️⭕️

1️⃣ ފްލެޔަރިންގ ކިޓް
2️⃣ ޝިފްޓަރ
3️⃣ އިންޑޯރ ޔުނިޓުގެ ހޮޅިތައް ބޭރުކުރުމަށް ތޮރުފާ ކަށި
4️⃣ ތޮރުފަންބޭނުންކުރާ ކަށި
5️⃣ ރަގަޅު ކޮލިޓީ އެލަންކީ ސެޓް
6️⃣ ކްލޭމްޕް
7️⃣ ކަރަންޓް މަސައްކަތް ކުރަން ބޭނުންކުރާ ބައެއް ސާމާނު (ޓޫލްސް)
8️⃣ ވެކިއުމް ޕަމްޕް
9️⃣ ގޭސްއެޅުމާއި ވެކިއުމް ކުރުމަށް ބޭނުންކުރާ ގޭޖް

Address

Orchidmagu
Thinadhoo
17100

Telephone

+9607901295

Website

Alerts

Be the first to know and let us send you an email when SEMI AIR & CO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category